ލާލް ސިންގް ޗައްޑާ ގެ ޝޫޓިން ފަށައިފި

ހޮލީވުޑް ފިލްމު “ފޮރެސްޓް ގަމްޕް” ގެ ރީމޭކެއްގެ ގޮތުގައި ހަދާ އާމިރު ޚާންގެ “ލާލް ސިންގް ޗައްޑާ” ގެ ޝޫޓިންގ މިއަދު އަލުން ފަށައިފިއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމުގެ ޝޫޓިންގ އަލުން ފަށާފައި މިވަނީ، އިންޑިއާގެ ލޮކްޑައުނާ އެކު ޝޫޓިން ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހުގައެވެ. އޭރު ހުއްޓުމަކަށް އައި އިރު ބާކީ 40 ޕަސެންޓް ޝޫޓިން ނުނިމި އެބައޮތެވެ.

“ލާލް ސިންގް ޗައްޑާ” ގެ ޝޫޓިން އަލުން ފަށާ އިރު، ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރް ދެވަނަ ދަރިއަކަށް ބަލިވެއިނުމާ ގުޅިގެން އޭނާ ވަނީ ބްރޭކެއް ނަގާތީީ ފިލްމުގެ ޝޫޓިން އަވަސްކޮށްދޭން ވެސް އެދިފަ އެވެ. ބލެވޭ ގޮތުގައި ފިލްމުގެ ޝޫޓިންގ ކުރިއަށް ގެންދަން ނިންމީ މިކަންކަމަށް ބަލައިގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ފިލްމުގެ  ގެ ޝޫޓިންގ އަލުން ފަށައި ގަންނާނީ މުމްބާއީންނެވެ. އަދި އެކަމަށް ހާއްސަކޮށްގެންމުމްބާއީގެ ދެ ސަރަހައްދެއްގައި ސެޓުތަކެއް ވެސް ވަނީ ހަދައިފ އެވެ. މީގެ އިތުރުން އާމިރު މިދިޔަ މަހުގެ ތެރޭގައި ވަނީ ފިލްމުގެ މަންޒަރުތަކެއް ނަގަން ލޮކޭޝަން ހޯދަން ތުރުކީ އަށް ވެސް ދަތުރެއްކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކާސްޓާއި ކްރޫ ވަރަށް އަވަހަށް އެ ގައުމަށް ވެސް ދާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!