އަރްޖުން އާއެކު އެކީ މަލައިކާ ކޮވިޑް-19 އަށް ޕޮޒިޓިވްވުން، ދެމީހުން ދިރިއުޅެނީ އެކުގައި؟

ބޮލީވުޑް އެކްޓަރު އަރްޖުން ކަޕޫރު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އިއުލާނު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް، އޭނާގެ ލޯބިވެރިޔާ އަދި އެކްޓްރެސް މަލައިކާ އަރޯރާ ވެސް އެ ބައްޔަށް ޕޮޒިޓިވްވެފައި ވާކަން ހާމަކޮށްފިއެވެ. އަދި މިީގެން އަންގައިދެނީ، އަރްޖުން އާއި މަލައިކާ ދިރިއުޅެމުން އަންނަނީ އެއް ގެއެއްގައި ކަން ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

މަލައިކާ، 46، ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ ‘ޓައިމްސް އޮފް އިންޑިއާ’ އާ ވާހަކަ ދައްކަމުންނެވެ. ނަމަވެސް އޭނާގެ ކިބައިން އެ ބަލީގެ މާ ބޮޑު އަލާމާތެއް ނުފެންނަ ކަމަށާއި، މިވަގުތު އިނީ ގޭގައި ކަރަންޓީނު ވެގެންކަން ހާމަކުރިއެވެ. “އަހަރެން މީގެން ސަލަމާތްވެގެން އަންނާނީ މިއަށްވުރެ މާ ދުޅަހެޔޮ މީހެއްގެ ގޮތުގަ” މަލައިކާ ބުނެފައިވެއެވެ. އަރްޖުން ވެސް މިހާރު ހުރީ ގޭގައި ކަރަންޓީނު ވެގެން ކަން އަރްޖުން ވަނީ ހާމަކޮށްފައެވެ.

މަލައިކާއަށް ވުރެ 10 ވަރަކަށް އަހަރު ހަގު އަރްޖުން އާ އޭނާ ރައްޓެހިވެފައިވަނީ ކުރިން އިނދެގެން އުޅުނު އަރްބާޒް ޚާންގެ ކައިރިން ވަރިވުމަށްފަހު ގައެވެ. އަދި އަރްޖުން އާއި މަލައިކާ ކައިވެނި ކުރަން އުޅޭކަމުގެ ވާހަކަތަކެއް ވެސް މީޑިއާގައި ދޭތެރެދޭތެރެއިން ދެކެވެމުންދެއެވެ. މީގެ އިތުރުން ދެކެވޭ އަނެއް ވާހަކައަކީ، އެ ދެ ލޯބިވެރިން މިހާރު ދިރިއުޅެނީ އެކުގައި، “ލިވް-އިން ރިލޭޝަންޝިޕެއް” ގައި ކަމެވެ. އަދި މިއަދު ދެމީހުން އެކުއެކީގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވުމަކީ އޭގެ ހެއްކެކެވެ. ނަމަވެސް މަލައިކާ އޭނާއަށްވުރެ އެތައް އަހަރެއް ހަގު މީހަކާ ރައްޓެހިވެގެން އުޅޭތީ، އޭނާއަށް ވަރަށް ގިނައިން ފާޑުކިޔުން އަމާޒުވެއެވެ.

ހަމައެހެންމެ، ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން މަަލައިކާ ވަރިކުރީ އަރްޖުން އާ ގުޅުން ބާއްވާކަން ފަޅާ އެރުމުން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އެ ކައިވެންޏަށް 20 އަހަރު ވާން ކައިރިވެފައި ވަނިކޮށް އަރްބާޒް އާއި މަލައިކާ ކައިވެނ ރޫޅައިލި އިރު، އެ ދެމީހުންނަށް ފިރިހެންކުއްޖަކު ލިބިފައިވެއެވެ. މިކަމާހެދި، އަރްޖުން ކަޕޫރާއި ސަލްމާން ޚާންގެ އާއިލާއާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ވެސް އަޑު ފެތުރިފައިވެއެވެ.

މަލައިކާ އާއި އަރްބާޒް އެމީހުންގެ ދަރިފުޅާއެކު

މަލައިކާއާއި އަރްޖުން ރައްޓެހިވެގެން އުޅޭކަން މީގެކުރިން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް މާގިނަ ދުވަހު ސިއްރެއްގެ ގޮތުގައި ނުބާއްވައި، ދެމީހުން ވަނީ ފާޅުގައި އެއްކޮށް އުޅެން ފަށައިފައެވެ. އަދި މީގެކުރިން ިމި ދެލޯބިވެރިން ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އައިސްފައި ވެސް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!