ރިއާ ހުރީ އޭނާ ހައްޔަރުކޮށްފާނެތީ އެކަމަށް ތައްޔާރުވެގެން: ވަކީލު

ސުޝާންތް ސިންގް ރާޖްޕުތްގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ރިއާ ހުރީ ފުލުހުން އޭނާ ހައްޔަރު ކުރާނެ ކަމަށް ތައްޔާރުވެގެން ކަމަށް ރިއާގެ ވަކީލު ބުނެފިއެވެ.

މީގެ 5 ފަހަރެއްގެ މަތިން ރިއާ ވަނީ ތަހުގީގަށް ހާޒިރުކޮށްފައެވެ. އަދި މިއަދު ވަނީ 5 ގަޑިއިރު ވަންދެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މިކަމާއި ގުޅިގެން ރިއާގެ ވަކީލު ބުނީ ރިއާ ހުރީ އޭނާ ހައްޔަރުކޮށްފާނެތީ އެކަމަށް ތައްޔާރުވެގެން ކަމަށާއި، މީހެއް ދެކެ ލޯބިވުން އެއީ ކުށަކަށް ވާނަމަ، އެވީ ލޯތްބަށްޓަކައި ކުރިމަތިލާންޖެހޭ ހުރިހާ ކަމަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށެވެ. ވަކީލު ބުނީ އޭނާގެ އެއްވެސް ކުށެއް ނެތް ކަމަށެވެ.

ސުޝާންތްގެ މަރާއި ގުޅިގެން މީގެ ދެދުވަސް ކުރިން، ރިއާގެ ކޮއްކޮ ޝޯވިކް ޗަކްރަބޯޓީ އާއި ސުޝާންތުގެ ގޭގެ މެނޭޖަރު ސެމުއެލް މިރާންޑާ ވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ހައްޔަރު ކޮށްފައެވެ.

އެދެމީހުން ހައްޔަރު ކޮށްފައި ވަނީ ޝޯވިކް އާއި ފުލުހުން ސުވާލު ކުރުމުން އޭނާ ވަނީ އޭނާގެ ދައްތަ ރިއާގެ އެދުމުގެ މަތިން ޑްރަގުގެ މުއާމަލާތްތަކެއް ކުރިކަމަށް އެއްބަސް ވުމުންނެވެ. މީގެއިތުރުން ސުޝާންތުގެ ގޭގެ މެނޭޖަރު ސެމުއެލް ވެސް ވަނީ ރިއާގެ އެދުމުގެ މަތިން ޑްރަގުގެ މުއާމަލާތްތަކެއް ކުރިކަމަށް އެއްބަސް ވެފައެވެ. މިދެމީހުންނަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައިވަނީ މި މަހުގެ 9 ވަނަ ދުވަހާއި ހަމައަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!