އަރްޖުން އަށް ފަހު މަލައިކާ ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބޮލީވުޑްގެ ތަރި އަރްޖުން ކަޕޫރު ކޮވިޑަށް ޕޮޒިޓިވެވިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވެ ވެއްޖެއެވެ.

އަރްޖުން ޕޮޒިޓިވެ ވުމާއި އެކު އޭނާ ވަނީ ސޯޝަލްމީޑިއާގައި އެކަން ހާމަކޮށްފައެވެ. އަދި އޭގެ ފަހުން މަލައިކާ ކޮވިޑަށް ޕޮޒިޓިވްވިކަން ވަނީ ޓައިމްސް އޮފް އިންޑިއާއަށް އެކަން ކަށަވަރު ކޮށްދީފައެވެ.

މަލައިކާ ބުނީ ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށާއި އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ޑޮކްޓަރުންނާއި ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ގޭގައި އައިސޮލޭޓްވެފައިވާ ކަމަށެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން މީގެ ކުރިން ވަނީ އިތުރު މަޝްހޫރު ތަރިންވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި އަމީތާބް ބައްޗަން، އަބީޝޭކް ބައްޗަން، އައިޝްވާރްޔާ ރާއި ފަދަ ތަރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!