ކޮވިޑް-19 ގެ ބަލި މީހުން 35 ރަށެއްގައި އަދި 22 ރިސޯޓެއްގައި

މި ވަގުތު ކޮވިޑް-19 ގެ ބަލި މީހުން 35 ރަށެއްގައި އަދި 22 ރިސޯޓެއްގައި އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑްގެ ބަލި މީހުން މި ވަގުތު ތިބި ރަށްރަށުގެ ނަންތައް ހާމަކޮށްފައެވެ. އެގޮތުން މާލެ ސިޓީ ފިޔަވައި ކޮވިޑްގެ އެންމެ ގިނަ ބަލި މީހުން ތިބީ ހޯނޑެއްދޫގައެވެ. ހޯނޑެއްދޫގައި 25 މީހުން ތިބިއިރު ދެން އެންމެ ގިނަ ބަޔަކު ތިބީ ނ. މިލަދޫގައެވެ. އެ ރަށުގައި ކޮވިޑަށް ޕޮޒިޓް 10 މީހަކު އެބަ ތިއްބެވެ.

އެޗްޕީއޭއިން ހާމަ ކުރި ލިސްޓް ކޮވިޑްގެ ބަލި މީހުން ތިބި ރަށްރަށް

 • ހއ. ދިއްދޫ
 • ށ. ޅައިމަގު
 • ށ. ފީވަށް
 • ނ. މިލަދޫ
 • ނ. ކުޑަފަރި
 • ނ. މާޅެންދޫ
 • ބ. ހިތާދޫ
 • ބ. އޭދަފުށި
 • ބ. ތުޅާދޫ
 • ރ. ރަސްމާދޫ
 • ރ. އިނގުރައިދޫ
 • ރ. ދުވާފަރު
 • ރ. ކިނޮޅަސް
 • ޅ. ކުރެންދޫ
 • ޅ. ނައިފަރު
 • ކ. ދިއްފުށި
 • ކ. ހިންމަފުށި
 • ކ. ތުލުސްދޫ
 • ކ. މާފުށި
 • އއ. މަތިވެރި
 • ފ. ބިލެއްދޫ
 • ފ. ނިލަންދޫ
 • ފ. ދަރަނބޫދޫ
 • ދ. މީދޫ
 • ދ. ކުޑަހުވަދޫ
 • ލ. ގަން
 • ލ. ފޮނަދޫ
 • ގއ. ވިލިގިލި
 • ގދ. ފަރެސްމާތޮޑާ
 • ގދ. ހޯނޑެއްދޫ
 • ގދ. ތިނަދޫ
 • ސ. ފޭދޫ
 • ސ. ގަން
 • ސ. ހިތަދޫ
 • ސ. މަރަދޫ

މި 35 ރަށުގައި 98 މީހަކު ޕޮޒިޓިވްވެފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި ނުވަ ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!