ކޮއްކޮ މެދުވެރިކޮށް ސުޝާންތަށް ޑްރަގް ދޭކަމަށް ރިއާ އެއްބަސް ވެއްޖެ

މި ފަހަކުން ސުޝާންތް ސިންގ ރާޖްޕޫތް ގެ ސޫސައިޑް ކޭސްއަށް ވަނީ ޑްރަގް ބޭނުން ކުރާކަމުގެ އޭންގަލްއެއްލިބިފައިއެވެ. އަދި އެކަމާ ގުޅިގެން ޑްރަގްގެ ވިޔަފާރީ ކުރާ ބަޔަކުވެސް ވަނީ ހައްޔަރު ކުރެވިފައިއެވެ. ތަހުގީގުގެ ތެރެއިން ޑްރަގް ޑީލަރެއް ވަނީ ރިއާގެ ކޮއްކޮ ޝޯވިކް އާއި އެކު ޑްރަގުގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ.

ޝޯވިކް އާއި ޝުޝާންތުގެ މެނޭޖަރު މިހާރު ވަނީ ހައްޔަރު ކުރެވިފައިއެވެ.

އާދިއްތަ ދުވަހު ރިއާ ވަނީ ސުވާލު ކުރެވިފައިއެވެ. އަދި ރިއާ ވަނީ ކޮއްކޮ ޝޯވިކް މެދުވެރިކޮށް ސުޝާންތަށް ޑްރަގް ދޭކަމަށް އެއްބަސް ވެފައި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

15 މާޗްގައި ކޮއްކޮ މެދުވެރިކޮށް ސުޝާންތްއަށް ޑްރަގު ދީފައިވާކަމަށް ރިއާ ވަނީ ބުނެފައިއެވެ. މީގެ އިތުރުން މެނޭޖަރު އާއި ޝޯވިކް ޑްރަގް ހޯދަނީ ޒައިދް އަދި ބަސީތް ކިޔާ މިހެއް ކާރިން ކަމަށް ވެސް ރިއާ ބުނެފައި ވެއެވެ. ސްޝާންތް އަށް ޑްރަގް ދިން ކަމުގައި ވިޔަސް ރިޔާ އަކީ ޑްރަގް ބޭނުން ކުރާ މީހެއް ނޫންކަމަށް އޭނާ ބުނެއެވެ.

ތަހުގީގަށް ދިން ބަޔާން ފުރިހަމަ ނުވާތީ މާދަމާވެސް ސުވާލު ކުރުމަށް ރިޔާ ގެންދެވޭނަކަމަށް ވެސް ރިޕޯޓްތަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!