އޭބަލަ ލަތީފާ ގެ އައު ވާރޝަން ބަލައިފިންތަ؟ ބަލާބަލަ، ކޮސްކޮށްލާނެ!

ދާދި ފަހުން ޒުވާން އަންހެންކުދިންކޮޅެއް ސޯޝަލް މީޑިއާގައި ހިއްސާކުރި “އޭބަލަ ލަތީފާ” ގެ އައު ވާރޝަންއަށް ގިނަބައެއްގެ މަޤުބޫލުކަން ދަނީ ލިބެމުންނެވެ. ދިގުހެދުމުގައި ތިބެ އަންހެންކުދިންގެ ފަރި ނެށުމުގެ ހަރަކާތްތަކެއް ދައްކުވައިދޭ 1 މިނެޓްގެ މި ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕުލެޓް ފޯމްތަކުގައި ދައުރުވަމުންދާއިރު މިނިސްޓަރު އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަހުލޫފުގެ ސަމާލުކަންވެސް މި ވީޑިއޯއަށްވަނީ ލިބިފައެވެ.

އެކުދިންގެ މަސައްކަތަށް ތައުރީފުކޮށް އުފެއްދުންތެރިކަން ކަމުދާކަމުގައި މިނިސްޓަރު މަޙުލޫފު ވަނީ ބުނެފައެވެ.

” އޭބަލަ ލަތީފާ ” މި ޑައިލޮގަކީ މީގެ 33 އަހަރުކުރިން ބެލުންތެރިންނަށް ފެނިގެންދިޔަ ދިވެހި ފިލްމު އިތުބާރުން ގެ މަޝްހޫރުވެފައިވާ ޑައިލޮގެކެވެ. މަރުހޫމު ހާޖަރާގެ ފުރިހަމަ އެކްޓިންއާއި އެކު އެފިލްމުން ފެނިގެންދާ މި ޑައިލޮގު މީގެކުރިންވެސް ސޯޝަލް މީޑިއާގައި ވަނީ އެކި ގޮތްގޮތަށް ދައުރުވެފައެވެ. ހާއްސަކޮށް ޓިކްޓޮކުގެ ތެރޭގައި މިއީ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ވާހަކަކޮޅެކެވެ.

އެހެން ނަމަވެސް އޮރިޖިނަލް އަށްފަހު އެ ޑައިލޮގު ބޭނުންކުރެވިފައިވާ އެންމެ ފުރިހަމަ ވީޑިއޯއަކީ މިއީކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!