ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

ހެލްތް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އަސްލަމް އާދިއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުުރު ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންނެވެ. އެހެން ކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހާ ހަަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށް ވެސް މިނިސްޓަރު އަމީން ސޮއި ކުރައްވާ ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ، ކޮވިޑް-19ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިން 12 މާރޗު ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!