ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މުޅި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން މުސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގެ މުއްދަތު އިތުރު ކޮށްފިއެވެ.

މެޓް އޮފީހުން ދާދި ދެންމެ ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

މިރޭގެ 21:00 އިން ދަންވަރު 02:00 އަށް ވައިޓް އެލާޓްގައި ނެރެފައިވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!