ރައްޔިތުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް ބީއެމްއެލްގެ ވެރިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅައިފި

ރައްޔިތުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުމަށް އެދިވަޑައިގެން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.

ހައިތަމް މިފަދައިން އެދިވަޑައިގެންފައިމިވަނީ ކަސްޓަމަރުންގެ އެކައުންޓްތަކުން، ގޮތްނޭނގޭ ޓްރާންސެކްޝަންތައް ހެދިފައި ހުރުން ފަދަ އެކި ކަންކަމުގައި އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ.

ހައިތަމްގެ ސިޓީގައި ވިދާޅުވެފައިވަނީ ކަސްޓަމަރުންގެ މިފަދަ އެއްވެސް ޝަކުވާއަކަށް ބީއެމްއެލް އިން އެކަށީގެންވާ ޖަވާބެއް ދީފައިނުވާ ކަމަށާއި މި ސަރުކާރުން ކުންފުނިތައް ޖަވާބުދާރީކުރުވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވީމާ ރައްޔިތުން ބައިވެރިވެ ބީއެމްއެލްގެ ވެރިންނާ ސުވާލުކުރެވޭ ގޮތަށް، އެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުމުގެ އިންތިޒާމު ހަމަޖައްސަވާ ދެއްވުން އެދޭކަމަށް ހައިތަމްގެ ސިޓީގައި ބުނެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!