ހއ. އަތޮޅު ރިސޯޓް މުވައްޒަފުންގެ ކަނބޮޑުވުންތަކާއެކު މެންބަރުން މިނިސްޓަރުގެ އަރިހަށް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން، ހއ. އަތޮޅުގެ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރަމުން ދިޔަ ދިވެހިންގެ ވަޒީފާއަށް އަސަރު ކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުންތައް ހއ. އަތޮޅު ތަމްސީލު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ހިއްސާ ކުރައްވައިފިއެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހއ. ގެ ފަސް މެންބަރުން މިއަދު ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ހއ. ގެ ރިސޯޓު ދާއިރާއިން ވަޒީފާ ގެއްލުނު މުވައްޒަފުންގެ މައްސަލައަށް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މީގެއިތުރުން ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރު ޕްރޮޑަކްޓުތައް ތަރައްގީ ކުރުމާއި ގުޅޭ ގޮތުން ވެސް ޓޫރިޒަމް މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިކަމަށް ސައްލެ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!