ޓީޓީ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ދީފި

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑްކޮށްފާނެކަމުގެ އިންޒާރުގެ ދީފި އެވެ.

އަސާސީ ގަވާއިދާއި ރާއްޖޭގެ ކުޅިވަރު ގާނޫނާ ފުށުނާރާގޮތަށް ކަންތައްތައް ކުރަމުން ގެންދަނިކޮށް އިންތިހާބު ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅާނަމަ އައިޓީޓީއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުގެ ބިރު އެބައޮތް ކަމަށް އެސޯސިއޭޝަނުން ބުނީ ބުރާސްފަތި ދުވަހު އެވެ.

އައިޓީޓީއެފްގެ މެންބާ ރިލޭޝަން ޑައިރެކްޓާ މުނީރު ބައްސާހް، ސޮއި ކުރައްވައި ޓީޓީއޭއެމްގެ ރައސް އަލީ ރަޝީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ޓީޓީއޭއެމްގެ އަސާސީ ގަވާއިދު ބަދަލު ކުރުމަށް އެދި، އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ތިން މެންބަރަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ގަވާއިދުގެ ތެރެއިން ހުށަހަޅާފައިވާ ކަމެއް ނޫންކަން ޓީޓީއޭއެމުން ފޮނުވި ސިޓީގައި ހިމަނާފައިވާ މައުލޫމާތުން އެނގިގެންދާ ކަމަށެވެ.

ޒުވާން ޓީޓީ ޓީމުން މިދިޔަ އަހަރު ރާއްޖެ އަށް ރަންވަނަތަކެއް ހޯދައިދީފައިވަނިކޮށް މިހާރު ފެންނަނީ ސަސްޕެންޝަނެއްގެ މަލަމަތި ކަމަށް އިޝާރާތްކުރައްވައި މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިޓީޓީއެފް އިން ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އޭނާ އަށް ވެސް ލިބިފައިވާ ކަމަށެވެ.

“ސަރުކާރު، މަޖިލިސް އަދި ކޯޓްތައް ކުޅިވަރު ތެރެއަށް ވަންނަމަ ކުޅިވަރުތަކުން ސަސްޕެންޑްކުރުމުގެ ފުރުސަތު ބޮޑު،” މިނިސްޓަރު ޓްވީޓްކުރެއްވި އެވެ.

އައިޓިޓީއެފުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފައި މިވަނީ، އެއެސޯސިއޭޝަންގެ މިހާރު އޮތް އެކްސްކޯގެ މެންބަރު އަދި ކުރިއަށް އޮތް އިންތިހާބުގައިވެސް އެކްސްކޯއަށް ވާދަ ކުރާ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!