މަޑަވެލީގައި ވަކި ތަރުތީބެއް ނެތި ރެންޑަމް ސާމްޕަލް ނަގަން ފަށައިފި

ގދ. ހޯޑެއްދޫން އިއްޔެ ފެނުނު ކޭސްތަކާއި ގުޅިގެން، އެރަށާއި ގުޅިފައިވާ މަޑަވެލީގައި ބަލި ފެތުރެމުންދޭތޯ ބެލުމަށް ވަކި ތަރުތީބެއް ނެތި ރެންޑޮމް ސާމްޕަލް ނަގަން ފަށައިފިއެވެ.

މަޑަވެލި ސިއްހީ މަރުކަޒުން ވިދާޅުވީ ގދ. ތިނަދޫ އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލާއި އެރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންނާ ގުޅިގެން ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތިނަދޫ ހޮސްޕިޓަލުގެ ޓީމެއް މިއަދު ހަވީރުގެ ވަގުތެއްގައި މަޑަވެއްޔަށް ގޮސްފައި ވާ ކަމަށާއި މިހާރުވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ.

ހޯޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިން ނުވަތަ އެމީހުންނާ ސީދާ ދިމާވެފައިޥާ މިހުން ދެނެގަނެ 36 ސާމްޕަލެއް ނަގާފައިވާއިރު އޭގެތެރެއިން 19 ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން އިއްޔެ ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!