އަރުޖުން ކަޕޫރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

އުމުރުން 35 އަހަރުގެ އެކްޓަރު އަރުޖުން އޭނާގެ އިންސްޓަގްރާމު އެކައުންޓުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އަމިއްލަ ގޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ކަރަންޓީނު ވެފައިވާ ކަމަށެވެ.

އަރުޖުން ބުނީ ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށާއި އޭނާގެ ހާލަތާ ބެހޭ އިތުރު މައުލޫމާތު ފޭނުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

އަރުޖުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އޭނާ ކުޅެން ފަށާފައި އޮތް ފިލްމެއްގެ ޝޫޓިން މިދިޔަ މަހުގެ މެދުތެރޭގައި އަލުން ފަށާފައި ވަނިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!