ފޮޓޯ: ވަގުތު

ހުޅުމާލޭގައި ނަރުހުން އިހުތިޖާޖް ކޮށްފި

ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ބައެއް ނަރުހުންނާއި އެޓެންޑެންޓުން އިހުތިޖާޖް ކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ގޯތިތެރޭގައި ތިބެގެން މި ފަރާތްތަކުން އިހުތިޖާޖްކުރަމުންދަނީ ކޮވިޑް ފްރަންޓްލައިން އެލަވަންސް ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެންނެވެ. މިތަނުގައި 40 ވަރަކަށް ނަރުހުންނާ އެޓެންޑެންޓުން އެބަތިއްބެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މުވައްޒަފުންނަކީ ފިނޭންސް މިނިސްޓްރީން ނެރުނު ގައިޑްލައިނަށް ބަލާއިރު، އެލަވެންސް ލިބެން ޖެހޭ ބައެއް ނޫނެވެ. ނަމަވެސް އެމީހުން ބުނާ ގޮތުގައި މި މުވައްޒަފުންނާއި ފުރަތަމަ ވަހަކަދެއްކިއިރު، ހުރިހާ ނަރުހުންނަށް އެލަވެންސް ލިބޭނެ ކަަމަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!