ބޭސް ފަރުވާއަށް ހޯދި ފައިސާ އިން ވިޔަފާރިކުރި ތުހުމަތު ޔުނާންގެ ދެމަފިރިންނަށް!

ދަރިފުޅުގެ ބޭސްފަރުވާއަށް ކަމަށްބުނެ ވިޔަފާރިވެރިންނާއި ހެޔޮއެދޭ މީހުންގެ އަތުންހޯދި ފައިސާއިން ޔުނާންގެ ދެމަފިރިން ވިޔަފާރިކޮއްފައިވާކަމުގެ ތުހުމަތު މަޝްހޫރު ފިލްމީތަރި އައިމިނަތު ރީޝްފާ ކޮއްފިއެވެ. އެކަމުގެ ހެކި ހުރިކަމަށްބުނެ ރިޝްފާވަނީ ޔުނާންއާއި މެސެންޖާ މެދުވެރިކޮށް ދައްކާފައިހުރި ބައެއް ވާހަކަތަށް ސޯޝަލް މީޑިއާގައި ހިއްސާކޮއްފައެވެ. މިދެމީހުންގެ ވާހަކައިގައި ރިޝްފާވަނީ ޔުނާންއަށް އެއީ ދޮގެއްކަމަށްވަނީނަމަ އެކަން ސާބިތު ކުރުމަށްޓަކައި ބޭންކު ސުޓޭޓުމެންޓް ދެއްކުމަށްވެސް ބުނެފައެވެ. އަދި ޖަވާބުގައި ޔުނާންވަނީ އެކަމަށް އެދޭނަމަ ބަލަން އައުމަށްވެސް އެދިފައެވެ.

މިގޮތަށް މިވާހަކަތަށް ދެކެވެމުންދާ މި ދަނޑިވަޅުގައި ޔުނާންގެ އަންހެނުންވަނީ އެމީހުންގެ ބޭންކް ސުޓޭޓްމަންޓް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އެއީ ދޮގުވާހަކަތަކެއްކަން ހާމަކޮއްދީފައެވެ. އަދި އެހީދީފަ އެވާހަކަދައްކާ މީހުން އެފައިސާ އަލުން ހޯދަން ބޭނުންނަމަ ދަރާއި ވިކިގެންވިޔަސް ފައިސާދޭން ތައްޔާރަށް ހުރިކަމަށްވެސް ޔުނާންގެ އަންހެނުންލިޔެފައިވެއެވެ.

ޒުވާން ފިލްމީތަރި ބުނެފައިވާގޮތުގައި ރިޝްފާ މި ތުހުމަތުތަށް އަޅުވަނީ އޭނާގެ އަމިއްލަ ފައިދާއަކަށެވެ. އެހެން ނަމަވެސް މިކަމާއި އާއްމުންދަނީ އެކި ގޮތްގޮތަށް ވާހަކަދައްކަމުންނެވެ. އެއްބަޔަކު ޔުނާންގެ ދެމަފިރިން ކުއްވެރިކޮށް މިފަދަ ދަނޑިވަޅެއްގައި ދަރިފުޅުގެ ބަލި ހާލަތަށްކަމަށްބުނެ ފައިސާއިން އެގޮތަށް ޙަރަދުކޮއްފައިވާތީ ފާޑުކިޔަމުންދާއިރު އަނެއް ބަޔަކު ބުނަމުންދަނީ މީހުނަށް އެހީވުމަށްފަހު އެވާހަކަދެއްކުން އެއީ ރަގަނޅުގޮތެއްނޫންކަމަށެވެ.

ޒުވާން ފިލްމީތަރި މުހައްމަދު ޔުނާން ދަރިފުޅުގެ ފުރާނަ އަތްމައްޗަށް ލައިގެން މުލިޔާގޭދޮށުގައި އެހީގެ އަތަކަށްއެދި އާދޭސްކުރި ދުވަހުން ފެށިގެން އާއްމުންގެ ހިތުގައި އެދެމަފިރިންނާއި ދަރިފުޅަށްޓަކައި އުފެދުނު ހަމްދަރުދީގެ ސަބަބުން ވަނީ ގިނަބަޔަކު އެހީތެރިވެދީފައެވެ. އެ އެހީގައި މިދިޔަ މަހުގެ 14 ވަނަދުވަހު އިންޑިއާގެ ހޮސްޕިޓަލަކުން ދަރިފުޅުގެ އޯޕަން ހާރޓް ސާރޖަރީއެއް ކުރުމަށްފަހު މިހާރު އެމީހުންވަނީ އެބުރި ރާއްޖެއައިސްފައެވެ. އަދި އެމީހުންގެ ދަރިފުޅުގެ ހާލު ރަގަޅުކަމަށް އާއިލާއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!