ކޮލަމާފުއްޓާއި ހޯޑެއްދޫ ބަނދަރު އަލުން ހަދަނީ

ގއ. ކޮލަމާފުއްޓާއި ގދ. ހޯޑެއްދޫ ބަނދަރުގެ ސާވޭ، ޑިޒައިން އަދި އަލުން އިމާރާތްކުރުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، މި މަސައްކަތަށް ފަންޑު ކުރަނީ އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮޕިޑް) އިންނާި ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށެވެ. އޮޕިޑް އިން ހަރަދު ކުރަނީ މަސަައްކަތުުގެ 77 ޕަސެންޓެވެ. އަދި، ސަރުކާރުން 23 ޕަސެންޓެވެ.

ގއ. ކޮލަމާފުށި ބަނދަރު

 • 548 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި
 • 550 މީޓަރު އެއްގަމު ތޮށި
 • 4 ނެރުބައްތިި އާއި 28 ބަނދަރު ބައްތި
 • 2750 ސްކެއާ މީޓަރު ޕޭމަންޓު
 • 12 މޫރިންގް ބްލޮކްސް
 • 66،330 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުން
 • 5750 ކިިއުބިކް މީޓަރަށް ނެރު ފުންކުރުން
 • 404 މީޓަރުގެ ރިވެޓްމަންޓު ޖެހުން

ގދ. ހޯޑެއްދޫ ބަނދަރު

 • 1485 މީޓަރުގެ ބޮޑުހިލަ ޖެހުން
 • 310 މީޓަރު އެއްގަމުތޮށި
 • 4 ނެރުބައްތިި އާއި 50 ބަނދަރު ބައްތި
 • 1550 ސްކެއާ މީޓަރު ޕޭމަންޓު
 • 8 މޫރިންގް ބްލޮކްސް
 • 71،590 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުން
 • 2250 ކިިއުބިކް މީޓަރަށް ނެރު ފުންކުރުން
 • 652 މީޓަރުގެ ރިވެޓްމަންޓު ޖެހުން

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ 112،843،077.95 ރުފިޔާ އަށް ހެވީފޯސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މަސައްކަތް ނިންމުމަށް ދީފަައިވަނީ 7300 ދުވަހެވެ.

މި ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ، ޑިރެކްޓާ ޖެނެރަަލް ޝާނާ ފާރޫގް އެވެ. އަަދި ހެވީފޯސް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!