ފުނަދޫ ފަޅުގައި އޮތް ޑިންގީއެއް ގެއްލިގެން ހޯދަނީ

ށ. ފުނަދޫ ފަޅުގައި އަޅާފައި އޮތް ޑިންގީއެއްގެ ފައްތިޔާ ކަނޑައިގެން ގޮސް ގެއްލިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 11:46 ހާއިރު ކަމަށެވެ.

ޑިންގީ ހޯދުމަށްޓަކައި އެމްއެންޑީއެފްގެ ނޯދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ޑިންގީއަކީ ފުނަދޫ ދަށް ފަޅުގައި އަޅާފައި އޮތް 18 ފޫޓްގެ ޑިންގީއެއް ކަމަށާއި ގެއްލިފައި ވަނީ ފައްތިޔާ ކަނޑައިގެން ގޮސް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!