ނައިފަރުގައި އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލަ ބަލަނީ

ޅ. ނައިފަރުގައި އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ އެވެ.

އެރަށު ކައުންސިލުގެ މެމްބަރަކު ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި އެ ހާދިސާ ހިނގާފައި ވަނީ އަންހެން މީހާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިއުމުން އޭނާ ބެލުމަށް ފަހު ޑޮކްޓަރަކު އަންހެން މީހާ ގެއަށް ފޮނުވާލި ފަހުންނެވެ. 

އަންހެން މީހާއަކީ ހެނބަދޫއަށް ނިސްބަތްވާ އަންހެނެކެވެ. އެމީހާ އުޅެމުން އަންނަނީ ނައިފަރު ފިރިހެނެކާއި ކައިވެނިކޮށްގެން އެރަށުގައި ކަމަށް ވެސް ވިދާޅުވި އެވެ. 

އެ މައްސަލަ މިހާރު ހޮސްޕިޓަލުން ބަލަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!