މެމްބަރު ހުސައިންގެ ތައުޒިޔާ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަ ވުމާއި ގުޅިގެން މަޖިލީހުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއި ކުރައްވައިފި އެވެ.

ހުސައިން އަވަހާރަވުމުން މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިއަދު އެވެ. އަދި އެ ތައުޒިޔާގެ ދަފްތަރުގައި މަޖިލީހުގެ ކުރީގެ މެމްބަރުންނާއި އާންމުންނަށްވެސް ސޮއިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާގެ ދަފްތަރުގައި މިއަދު ސޮއި ކުރެއްވި އިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފައެވެ. 

ދަފްތަރު ހުޅުވިފައި ހުންނާނީ މި ހަފްތާގެ ނިޔަލަށް ކަމަށް މަޖިލީހުން މައުލޫމާތު ދެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!