ގަމުން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ލ. ގަމުން އިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ގަމުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓިނުގައި ހުރި އުމުރުން 62 އަހަރުގެ ފިރިހެނެކެވެ.

ގަމު ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ ގޮތުގައި ގަމުން ފައްސިވި މީހާގެ ހާލު ރަނގަޅުކަމަށެވެ.

މިއީ ގަމުން ޕޮޒިޓިވްވި ދެވަނަ މީހާއެވެ. މީގެ ކުރިން ވެސް ގަމުގައި ހޯމް ކަރަންޓީނުގެ ހުރި ކުޑަ ކުއްޖަކު ވަނީ ޕޮޒިޓިވްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!