ކަސްޓަމަރުންގެ އެކައުންޓުން ދެ ފަހަރަށް ފައިސާއެއް ނުކަނޑަން: ބީއެމްއެލް

ގޮތް ނޭނގޭ އީމެއިލް ނުވަތަ “ފިޝިން އީމެއިލް”ތަކުގެ ސަބަބުން ބީއެމްއެލް އެކައުންޓްތަކުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބައެއް ކަސްޓަމަރުންގެ އެކައުންޓުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާފައިވާކަަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ބޭންކުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވީ ބައެއް ކަސްޓަމަރުންގެ އެކައުންޓްތަކުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާ، ބައެއް އެކައުންޓްތަކުން ފައިސާ ކެނޑިފައިވާތީ އެކަމުގެ ޝަކުވާ ބޭންކަށް ލިބިފައިވާކަމަށެވެ.

“މިއީ އެއްވެސް ގޮތަކަށް ބޭންކުގެ ސިސްޓަމްގެ މައްސަލައަކާ ގުޅިގެން ކެނޑިފައިވާ ފައިސާ އެއް ނޫންކަމުގެ ޔާގިންކަންދެން. އެކައުންޓުން ކަސްޓަމަރަށް ނޭގޭ މުއާމަލާތެއްކޮށްފައިވާނަމަ، ‘ޓްރާންސެކްޝަން ޑިސްޕިއުޓް’ ފޯމު ހުށަހެޅޭނެ. ގޮތް ނޭގޭ އީމެއިލް އަދި ކާކުކަން ނޭގޭ ފަރާތްތަކުން ފޮނުވާ އީމެއިލްއަށް ޖަވާބު ނުދެއްވުމަށާއި މިފަދަ އީމެއިލްތަކުގައި ހުންނަ ލިންކްތައް ބޭނުން ނުކުރުމަށް ކަސްޓަަމަރުންނަށް ތަކުރާރުކޮށް އިލްތިމާސްކުރަން” ސަައީދު ވިދާޅުވިއެވެ.

އޮޅުވާލައިގެން އެކި ތަންތަނުގެ ނަމުގައި އެކި ފަރާތްތަކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދަމުން އައުމަކީ މިހާރަކަށް އައިސް މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމެއްކަން ބޭންކުން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން ބައެއް އެކައުންޓްތަކުން ހޯލްޑްވެފައި ހުރި ފައިސާ ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ފޮނުވުމަށްފަހު މީގެ ދެ ދުވަސްކުރިން އެކައުންޓުން ކަނޑާފައިވާނެކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

” ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުންކޮށްފައިވާ ބައެއް މުޢާމަލާތްތަކަށް ނުކެނޑި ހުރި ފައިސާ ކެނޑުމުގެ ކުރިން 4 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އެސްއެމްއެސް އެއް ވާނީ ފޮނުވިފަ. ބޭންކުން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ކަނޑާފައިވާނީ މި މުޢާމަލާތްތަކަކީ ކަސްޓަމަރުން ހަދާފައިވާ މުޢާމަލާތްތައްކަމާއި އެކައުންޓުން އެ ފައިސާ މީގެ ކުރިން ކެނޑިފައިވާ ނުވާކަން ކަށަވަރުކޮށްފަ. މި މުޢާމަލާތްތައް އެކައުންޓުން ދެފަހަރު ކެނޑިފައިނުވާނެ. ކަސްޓަމަރުންނަށް އެކައުންޓުން ކެނޑިފައިވާ މުޢާމަލާތުގެ ތަފްސީލް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބަލާލެވޭނެ.” ސައީދު އިތުރަށް ފާހަގަކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!