ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލުމުން އެމްޑީޕީ އެކަން ކުށްވެރިކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލުމުން އެމްޑީޕީ އެކަން ކުށްވެރިކޮށްފިއެވެ.

ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލާ، ޗެނަލް13 އިން 3 ސެޕްޓެންބަރު 2020 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ލައިވް ޕްރޮގްރާމެއްގައި ގެނެސްދިން ކޮންޓެންޓުގެ މައްސަލަގައި އެމްޑީޕީން ބުނީ އެއްވެސް އިންސާނެއްގެ ޖާނަށް ނުވަތަ މާލަށް ނުވަތަ ފުރާނައަށް ގެއްލުމެއް ދިނުމާއި، އެފަދަ ކަމެއް ހިންގުމަށް ގޮވާ، ހިތްވަރު ދިނުމަކީ އެމްޑީޕީ އިން އެއްވެސް ޙާލެއްގައި ބަލައިގަންނަ ޢަމަލުތަކެއް ނޫން ކަމަށެވެ. އަދި މިއީ އެއްވެސް ތަހުޒީބު މުޖުތަމަޢެއްގެ ތެރޭގައި ޤާނޫނީ ގޮތުން ހުއްދަ ކުރާ ކަމެއް ވެސް ނޫން ކަމަށެވެ.

ތަފާތު ސިޔާސީ ފިކުރާއި، ޚިޔާލު ފާޅުކުރުމާއި، މިނިވަން ނޫސްވެރި ކަމަކީ އެމްޑީޕީ އިސްވެ އޮވެ ނުހަނު ޤުރުބާނީ އާއި، ބުރަ މަސައްކަތުން ހޯދާފައިވާ ޙައްޤުތައް ކަމަށްވާއިރު، އެ ޙައްޤުތައް ޙިމާޔަތް ކުރުމުގައި އަބަދުވެސް އެމްޑީޕީ ދެމިއޮންނާނެ ކަމުގައި ބަޔާނުގައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!