މާބަނޑު މީހަކު ވިހަން ބަނޑުގައި ރިއްސަނީ، ކަރަންޓީނުގައި ހުރުމުގެ ސަބަބުން ހޮސްޕިޓަލަށް ދާން ހުއްދައެއް ނުދިން!

ފ.ބިލަތްދޫ ހޯމް ކަރަންޓީންގައި ހުރި މާބަނޑު މީހަކު ބަނޑުގައި ރިއްސާތީވެ، ވިހެއުމަށް އެ އަތޮޅު ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ނުދިނުމުން ނުފުރި ބަނދަރު މަތީގައި މަޑުކުރަން ޖެހިއްޖެއެވެ.

ނިލަންދުއަށް މާބަނޑު މީހާ ގެންދަން ހުއްދަ ނުލިބިގެން އުޅެނީ މާބަނޑު މީހަކީ މާލެ އިން ރަށަށް ގޮސް ކަރަންޓީންގައި ހުރި މީހަކަށް ވުމުން ކަމަށާއި މާބަނޑު މީހާ ލ.ގަމަށް ގެންދިއުމަށް ނިލަންދޫ ހޮސްޕިޓަލުން އަންގާފައިވާ ކަމަށް ބިލެތްދޫ ކައުންސިލާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މާބަނޑު މީހާގެ ކަރަންޓީނުގެ މުއްދަތު މާދަމާ ހަމަވާއިރު،  މިއަދު ހެނދުނު 06:30 ހާއިރުން ފެށިގެން އޭނާ ބަނޑުގައި ރިއްސާތީ އޮތީ ބިލަތްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައެވެ. ނަމަވެސް ބިލެތްދޫ ސިއްހީ މަރުކަޒުގައި ހުރީ އާންމު ބަލީގެ އެންމެ ޑޮކްޓަރެއް ކަމުން ފަރުވާ ދެވޭ ގޮތް ވަނީ ނުވެފައެވެ.

މި ކަމާ ގުޅިގެން ބިލެތްދޫގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!