ކާށި ގޯންޏެއްގެ އިތުރުން ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މިތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެން 05 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ އެކި ސަރަހައްދުތަކުން ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ސެޕްޓެމްބަރ 1 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިންޑޯ މިލްކު ކޭހެއް. އިންސިޑެންޓް ނަންބަރ 464077

ސެޕްޓެމްބަރ 3 ވަނަ ދުވަހު އައިޖީއެމްއެޗް، ހާޓް ލޭންޑް ފާމަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ 150 ރުފިޔާ. އިންސިޑެންޓް ނަންބަރ 464239

ސެޕްޓެމްބަރ 4 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބާޒާރުމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 10ލީޓަރުގެ ކުލަ ފާޓާއެއް. އިންސިޑެންޓް ނަންބަރ 464271

ސެޕްޓެމްބަރ 4 ވަނަ ދުވަހު އެއް ނަންބަރު ފާލަންކައިރީ ވެރިއަކުނެތި ހުރި ކާށި ގޯންޏެއް. އިންސިޑެންޓް ނަންބަރ 464278

ސެޕްޓެމްބަރ 4 ވަނަ ދުވަހު ހަނދުވަރީހިނގުން، ޖަމީލް ވޯރކްޝޮޕް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 650 ރުފިޔާ އޮތް ވޮލެޓެއް. އިންސިޑެންޓް ނަންބަރ 46433

ސެޕްޓެމްބަރ 5 ވަނަ ދުވަހު ހުސްނުހީނާމަގު، އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ މަކިޓާ ބްރޭންޑްގެ ކަޓްއޮފްއެއް.

އިންސިޑެންޓް ނަންބަރ 464341

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެ ފަރާތުންއެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!