ތައުލީމުގެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި

ތައުލީމުގެ ބިލް އަލުން ދިރާސާކުރުމަށް އަނބުރާ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން މިބިލް ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓަށް ވޯޓަށް އަހަން އޮއްވާ އެރިޕޯޓް އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝިފާއުއެވެ. އެހުށަހެޅުމަށް ތާއީދުކުރެއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުއްލަތީފެވެ.

މިހުށަހަޅުން ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ ވޯޓުން ވަނީ މިބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ފާސްކޮށްފަ އެވެ.

މިބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. މިބިލަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ގާއިމުކޮށް ތައުލީމީ ނިޒާމުގެ އަސާސްތައް ކަނޑައެޅުމާއި އުނގެނުމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުޟާއި ތައުލީމު ދިނުމާ ގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!