ވައިގަދަވެ ނަރުދޫއަށް ބޮޑެތި ގެއްލުންތަކެއް

ވައިގަދަވެ ށ. ނަރުދޫއަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.

އެރަށުގެ ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ރޭގަދަވަޔާއެކު ކުރި ވިއްސާރައިގައި ވަނީ އެރަށުގެ އެންމެ ބޮޑު ދެގަސް މުލުން ލުހިގެން ވެއްޓި ފަސް ގެއަކަށް ގެއްލުންވެފަ އެވެ. 

އޭގެ އިތުރުން ވެސް ބައެއް ގެތަކުގެ ގަސްތައް ވެއްޓި ގޭގެއަށް ގެއްލުންވެފައިވާކަން ފާހަގަކުރައްވާ އާރިފް ވިދާޅުވީ އެންމެ ބޮޑަށް ގެއްލުން ލިބުނީ ގޭގޭގެ ފުރާޅާއި ފާރަށް ކަމަށެވެ. އެކަމަކު އެގޮތަށް ގެއްލުންވީ ކިތައް ގެއަށްކަން ސީދާ ބުނަން ނޭނގޭކަން ވެސް ފާހަގަކުރެއްވި އެވެ.

އަދި ރައްޔިތުންނާއި ކައުންސިލް ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވެއްޓިފައިވާ ގަސްތައް ނަގާއި މަގުތައް ސާފުކުރުމާއި ގެތަކަށް ލިބިފައިވާ ގެއްލުންތަކުން ސަލާމަތްކުރުން ކަމަށް ވެސް ވިދާޅުވި އެވެ. 

ދުވާފަރުގައި ވަނީ ގަދަ ވަޔާއި ވިއްސާރައާއިއެކު ރޭ ދަންވަރުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގެ ވިއްސާ ކޮޓަރީގެ ފުރާޅުގެ ބައެއް އެއްލާލައި ގެއްލުންތަކެއް ލިބިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!