ވިއްސާރައިގައި ވާދޫއަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ ބޯކޮށް ވާރޭވެހި، ވައިގަދަވެ ރ. ވާދޫ އަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވާދޫ ކައުންސިލްގެ ރައީސް ހުސެން އަލީ ވިދާޅުވީ ރޭއްސުރެ ގަދަވަޔާއިއެކު ވިއްސާރަ ކޮށްފައިވާ ކަމަށެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބޭރަށް ނިކުންނަން ވެސް ނުކެރޭ ވަރަށް ވައި ޖެހިފައިވާ ކަމަށް ހުސެން އަލީ ވިދާޅުވި އެވެ.

ހުސެން އަލީ ވިދާޅުވީ ބޯކޮށް ވެހުނު ވާރެއާއިއެކު އެކި ހިސާބުތަކުގައި ފެންގަނޑު ބޮޑުވެފައިވާ ކަމަށާއި ގަހާއި ރުއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ގޭގޭ ފުރާޅު އެއްލާލުމުގެ އިތުރުން ފާރުވެއްޓުން ކަހަލަ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް ހުސެން އަލީ ވިދާޅުވި އެވެ.

ހުސެން އަލީ ވިދާޅުވީ ރަށުތެރެއަށް ލިބުނު ގެއްލުންތައް އިތުރަށް ބަލަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!