ފޮޓޯ: މިހާރު

ރާއްޖޭގައި ބޭރުގެ ހަތިޔާރު އެޅި ސިފައިންނެއް ނެތް: އެމްއެންޑީއެފް

ރާއްޖޭގައި އެހެން ގައުމެއްގެ ހަތިޔާރު އެޅި އަސްކަރީ ސިފައިން ނުތިބޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސް އެއް ރާއްޖޭގައި ނެތް ކަމަށެވެ.

އެމްއެންޑީއެފް އިން މިހެން ބުނެފައިމިވަނީ ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖޭގައި ނެތް ކަން ފާހަގަ ކުރައްވައި ޝަމާލް ވިދާޅުވީ އެހެން ނަމަވެސް ހިއުމެނިޓެރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް، ޓެކްނީޝަނުންގެ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ހޯދަމުން އަންނަ ކަމަށެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށެވެ. އަދި ހާއްސަކޮށް ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް، ޓެކްނީޝަނުންގެ އެހީތެރިކަން އަބަދުވެސް ހޯދަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ކުރާ ކަމަށް ބުނެ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުންވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ “ރާއްޖެ ވިއްކާލުމާ ދެކޮޅަށް” މާލޭގައި ސައިކަލް ބުރެއް ބާއްވާ، ރާއްޖޭގެ އެކި ސަރަހައްދުގައި އިހުތިޖާޖު ކޮށްފައެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވާ ހިސާބަށް ބައެއް ކަންކަން ގޮސްފައިވާ ކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ބުނެފައި ވާއިރު، އިންޑިއާއިން ރާއްޖެއަށް ޑޯނިއާ މަތިންދާ ބޯޓެއް ހަދިޔާ ކުރާ ވާހަކަ އަކީ އަޑުގަދަކޮށް ދެކެވިގެން ދިޔަ ވާހަކައެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!