ސީއެސްސީގެ ރައީސް ކަމަށް ނާސިހު އައްޔަނުކުރަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު އައްޔަނުކުރަން ފެންނަކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

މީގެކުރިން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލްކަން އަދާކުރެއްވި ނާސިހު ވަނީ ހިންގުމުގެ ދާއިރާގައި 28 އަހަރާއި އެއް މަސް ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. އޭނާ ވަނީ މާސްޓަރސް އޮފް އިންޖިނިއަރިންގ އިން މަތީ ތައުލީމް ހާސިލުކުރައްވާފައެވެ.

ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަނުކުރަން ޕީޖީ އިން ފާސްކޮށްފައިވަނީ އިބްރާހިމް ރަޝީދުގެ ނަންފުޅެވެ. އިބްރާހިމް ރަޝީދަކީ ޔުނިވަރސިޓީ އޮފް މައިސޫރުން ބެޗްލަރސް އޮފް އާރޓްސް އިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ހިންގުމުގެ ދާއިރާގެ ތަޖުރިބާގެ މުއްދަތަށް ބަލާލާއިރު 10 އަހަރާއި 6 މަސްދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!