ދިއްދޫން 3 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގެ ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަކަމަށެވެ.

ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް ހުރިނަމަ، 7285536، 7285548، 9531204، 9531203 އަދި 9550053 މިނަންބަރުތަކަށް ގުޅުއްވާ މަޢުލޫމާތު ހިއްޞާ ކުރުމަށް ދިއްދޫ ކައުންސިލުންވަނީ އެދިވަޑައިގެންފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!