އއ އަތުރުގައިން ލޯންޗެއް ގެއްލި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގައިފި

އއ. އަތުރުގައިން ލޯންޗެއް ގެއްލި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވަނީ އއ. އަތުރުގާގެ ފަޅުގައި އަޅާފައިވާ އޮތް ލޯންޗެއް ގެއްލިގެން ހޯދަމުންދާކަން ހާމަކުރައްވާފައެވެ. އެގޮތުން ފަޅުގައި އަޅާފައިވާ އޮތް ލޯންޗެއްގެ ނަގިލީގެ ވާގަނޑު ކަނޑައިގެން ގޮސް އެ ސަރަހައްދުގެ ކަނޑަށް ގެއްލިފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ ފަތިހު 04:39ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ގެއްލިފައިވާ ލޯންޗަކީ 25 ފޫޓުގެ ވޯޓާ ސްޕޯޓްސް ލޯންޗެއް ކަމަށާއި މި ލޯންޗަކީ 125 އެޗްޕީ މާކިއުރީ އިންޖީނެއް އަޅާފައިވާ ލޯންޗެއްކަމަށެވެ. އަދި މި ލޯންޗަކީ މިހާތަނަށް އައިރު ރަޖިސްޓްރީކޮށްގެން ބޭނުންކުރާ ލޯންޗެއް ނޫންކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އއ. އަތުރުގައިން ލޯންޗެއް ގެއްލި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގާފައިވާއިރު، އެއްވެސް ބަޔަކަށް ލޯންޗާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާނަމަ އެކަން އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ހިއްސާކުރުމަށް އެމްއެންޑީއެފްއިން އެދިވަޑައިގެންފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!