ތިނަދޫ މިއުޒިއަމުން ވަގަށް ނެގި ބައެއް ތަކެތި ހޯދައިފި

ތިނަދޫގައި ހުންނަ މިއުޒިއަމް ފަޅާލައި ވަގަށް ނެގި ބައެއް ސާމާނު މިއަދު ހޯދައިފި އެވެ.

ގދ. ތިނަދޫގައި ހުންނަ “ހުވަދޫ ސަރަހައްދީ ދާރުލްއާސާރު” އަށް ބަޔަކު ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން މިއަދު ބުނީ ތިނަދޫގައި ހުންނަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގަައުމީ މަރުކަޒުގެ ހުވަދޫ ސަރަަހައްދީ މިއުޒިއަަމުން ފަައިސާ ތަކަކާއި ކޮމްޕިއުޓާ ސިސްޓަމެއް ވަގަށް ނަގާފައިވާ މައްސަލަ އެއް އިއްޔެ ހުށަހެޅި ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކޮށް ބެލި ބެލުމުން ވަގަށް ނެގި ކޮމްޕިއުޓާ ސިސްޓަމްގެ ޔުނިޓާއި ކީބޯޑް އަދި ކޮމްޕިއުޓަރު މައުސް ހޯދާފައިވާ ކަމަށެވެ.

އެތަނުން ވަގަށް ނެގި ހުރި ނަމޫނާ ފައިސާ ހޯދިފައެއް ނުވެ އެވެ. އަދި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ވެސް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!