މުއައްސަސާތަކުގެ ވެރިންގެ އާއިލާގެ މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ފާސްކޮށްފި

މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މެންބަރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި ދަރިންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ގޮތަށް އެ މުއައްސަސާތަކުގެގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށާއި، އެންޓި ކޮރަޕްޝަން (އޭސީސީގެ) ގާނޫނަށާއި، އިލެކްޝަންސް ކޮމިޝަން(އީސީ) ގެ ގާނޫނަށާއި، އޮޑިޓް (އޮޑިޓަ ޖެނެރަލްގެ) ގާނޫނަށާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ގާނޫނު ތަކަށް ބަދަލު ގެނައުމަށް ވަނީ ފާސް ކޮށްފައެވެ.

އަދި މިދިޔަ ހޯމަ ދުވަހި ބޭއްވުނު ޖަލްސާގައި (ޕީޖީ) ގެ ގާނޫނަށް ވެސް އެ އިސްލާހު ގެންނަން ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

ބަދަލު ގެނެވުނު މި ގާނޫނުތަކަށް އެ ބަދަލު ގެނައުމަށް 50 އަށް ވުރެ ގިނަ މެންބަރުންގެ ތާއީދީ ވޯޓު ވަނީ ލިބިފައެވެ.

ސަރުކާރުން ފޮނުވި ބިލުތަކަކީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މެންބަރަކު ކައިވެނިކޮށްގެން އުޅޭ ނަމަ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ މާލީ ބަޔާނާއި އޭނާގެބެލުށުމުގެ ދަށުގައިވާ ދަރިން ހިމޭނޭ ގޮތަށް މާލީ ބަޔާން ހުށަހަޅަން ލާޒިމުވާ ގޮތަށް ފޮނުވި ބިލުތަކެކެވެ. މާލީ ހިސާބުތައް ތައްޔާރު ކުރާނީ އޮޑިޓަ ޖެނެރަލް ކަނޑައަޅައިއިއުލާންކޮށްފައިވާ ނަމޫނާއަށެވެ.

އެ ގާނޫނުތައް އޮންނަގޮތުން ހުށައަޅަންޖެހޭނީ އެ މެންބަރުންގެ މާލީ ހިސާބުތައް  އެކަންޏެވެ. އާއިލާގެ މާލީ ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

ކޮމިޝަނެއްގެ މެމްބަރު ކަމަށް އައްޔަން ކުރާ މީހާ، އޭނާ މަގާމާ ހަވާލުވި އިރު އަތުގައި ހުރި އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެމާލީ ހިސާބު، މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ވާނެ ކަމަށެވެ.

އީސީއާއި އޭސީސީއާއި ސީއެސްސީގެ ގާނޫނަށް އެ އިސްލާހު ގެންނަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!