އިންޑިގޯ އިން ރާއްޖެއަށް ދަތުރު ފަށައިފި

އިންޑިއާގެ ބަޖެޓް އެއާލައިން އިންޑިގޯ އިން ވެލާނާ އިބްޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ފަށައިފި އެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން ދަތުރު ފަށާފައިވަނީ ރާއްޖެ އާއި އިންޑިއާ އައި ދެމެދު ގާއިމްކުރު ޓްރެވަލް ބަބުލްގެ ތެރެއިންނެވެ.

މިއާއެކު ކޮޗިން އާއި މާލެ އާއި ދެމެދު ހަފްތާ އަކު ދެ ދަތުރު ކުރާނެއެވެ. އިންޑިގޯގެ ދަތުރުތައް އޮންނާނީ ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ.

އިންޑިގޯ އިން މިދިޔަ ހަފްތާ ރާއްޖެ އަށް ދަތުރު ފަށާފައިވާއިރު އިންޑިއާގެ ފްލެގް ކެރިއާ، އެއާ އިންޑިއާ އިންވެސް ދަނީ މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ހަފްތާ އަކު އެއް ދަތުރު ބާއްވަމުންނެވެ.

ދެ ގައުމުގެ ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބުލްގެ ތެރެއިން ގައުމީ އެއާލައިން، މޯލްޑިވިއަން އިންވެސް މިމަހުގެ 10 އިން ފެށިގެން ޓްރެވިންޑްރަމް އަށް ދަތުރު ފަށަން ވަނީ ނިންމައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!