ރައީސްގެ ހަށިކޮޅުގައި ރޯކޮށްލަން ގޮވި މީހާ ހައްޔަރުކޮށްފި

“ޗެނެލް 13” އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ބޭނުންވާ ކަމަށް ބުނި މީހާ ހައްޔަރު ކޮށްފި އެވެ.

ޓެރަރިޒަމަށް ވާގި ދިން އެ މައްސަލާގައި ތ. ވިލުފުށިން ހައްޔަރުކޮށްފައި ވަނީ އެ ރަށު އިރުއައްސޭރި، މުހައްމަދު އިބްރާހިމެވެ. އޭނާ ހައްޔަރު ކުރީ މިއަދު އެވެ.

ޗެނެލް 13 އިން “ރައްޔިތުންގެ އަޑު” ގެ ނަމުގައި ގެނެސްދިން ޕްރޮގްރާމްގައި އޭނާ ވަނީ “ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް ހުޅުޖަހަންޖެހޭ” ކަމަށް ބުނެފަ އެވެ. އޭނާ އެހެން ބުނާ އަޑު ހިމެނޭ ގޮތަށް ޗެނަލް 13 އިގެ އެ ޕްރޮގްރާމްގެ ވީޑިއޯ ކޮޅެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ވެއެވެ.

އެ މީހާ ހައްޔަރުކޮށް ފުލުހުން ތަހުގީގު ފަށާފައިވާއިރު އެ ހާދިސާއާ ގުޅިގެން ޗެނެލް 13 އަށް ވެސް ވަރަށް ބޮޑަށް ކިޔުން އަމާޒުވެފައި ވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!