މައުސޫމާއި ޑެޕިޔުޓީ ގަވަރުނަރަށް ރުހުންދިނުމަށް މިއަދު 2 ޖަހާއިރު ޖަލްސާއެއް!

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހުމަދު އިމާދު އައްޔަނުކުރުމުގެ މައްސަލަ އަށް ގޮތެއް ނިންމުމަށް 2 ޖަހާއިރު ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.

ބެލެވޭ ގޮތުގައި މިޖަލްސާ ވެގެންދާނީ މިއަހަރުގެ ދެ ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާއަށެވެ. މިއަދު ހެނދުނު 9 ޖަހާއިރު 33 ވަނަ ޖަލްސާގެ ނުނިމިއޮތް ބައި ކުރިޔަށް ގެންދިޔުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މިއަދު ދައުރުގެ ފަހު ޖަލްސާ މިބާއްވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ޖަލްސާގައި މި ދައުރު މިސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ދިގުދައްމާލުމަށް ފާސްކުރުމަށްފަހު އެވެ. ދެ ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ އޮކްޓޯބަރ އަދި ނޮވެމްބަރ މަހު އެވެ.

މިއަދުގެ މެންދުރު 2 ޖަހާއިރު ބާއްވާ ޖަލްސާގައި ދެން އެޖެންޑާކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ޢައްޔަންކުރުމަށްޓަކައި، އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެ 2 މަޤާމަށް މަޖިލީހުން މެންބަރުން ކަނޑައެޅުމާ ގުޅޭ މައްސަލަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!