ތިނަދޫ ދާރުލްއާސާރުން ބައެއް ތަކެތި ވަގަށް ނަގައިފި

ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރަށް ބަޔަކު ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފި އެވެ.

ހެރިޖޭޓް މިނިސްޓްރީން ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ. އެ މިނިސްޓްރީން ބުނީ ތިނަދޫގައި ހުންނަ ދާރުލްއާސާރަށް ރޭ ބަޔަކު ވަދެފައި ވަނީ ވަގަށް ކަމަށެވެ. އަދި އެ މީހުން އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އެކަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ފުލުހަށް ވަނީ ހުށައަޅާފަ އެވެ.

ފުލުހުން މިހާރު މި މައްސަލައިގެ ތަހުގީގު ފަށާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!