ރިއާގެ ދިފާއުގައި ތާޕްސީ ޕަންނޫ

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބީގެ މައްޗަށް ސުޝާންތުގެ އާއިލާއިން ކޮށްފައިވާ ތުހުމަތުތަކުގައި ރިއާގެ ދިފާއުގައި ބޮލީވުޑްގެ ބައެއް ތަރިން ވާހަކަ ދައްކައިފިއެވެ.

ސްވަރާ ބާސްކަރާއި ވިދްޔާ ބަލަން ފަދަ ބަތަލާއިންނަށް ފަހު، އެންމެފަހުން ރިއާގެ ދިފާއުގައި ޓްވީޓު ކޮށްފައިވަނީ އެކްޓްރެސް ތާޕްސީ ޕަންނޫއެވެ. އެގޮތުން ސުޝާންތުގެ މަރުގެ ތަހުގީގުގައި އެންފޯސްމެންޓް ޑިރެކްޓަރޭޓުން (އީޑީ) އެންމެފަހުން ހިއްސާކުރި ބައެއް މައުލޫމާތުތަކުގައި، ސުޝާންތުގެ ބޭންކު އެކައުންޓުން ޝައްކު ކުރެވޭ ކަހަލަ ޓްރާންސެކްޝަނެއްގައި ހިނގާފައި ހުރިކަމަށް ނުބެލެވޭ ކަމަށް ބުނާ ކަމުގެ ރިޕޯޓުތަކެއް އާންމުވުމުން އެއާ ބެހޭގޮތުން ވާހަކަ ދައްކަމުން 33 އަހަރުގެ ބަތަލާ ބުނީ، ކާމިޔާބު ފިރިހެނަކާ ރައްޓެހިވެގެން އުޅޭ ކޮންމެ އަންހެނަކީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ މީހެއް ނޫން ކަމަށެވެ.

އަދި ތަހުގީގީ އިދާރާތަކުންނާއި ހަގީގަތުން ހުރިހާ ކަމެއް އެނގިގެން ދާނެ ކަމަށް ތާޕްސީގެ ޓުވީޓުގައި ބުނެފައިވެއެވެ. “ފަހަރަކު ފިޔަވަޅެއް”، ތާޕްސީ ލިޔެފައިވެއެވެ. ބެލެވޭ ގޮތުގައި ތާޕްސީ އެބުނި ބަހުގެ މާނައަކީ، ފަހަރަކު ފިޔަވަޅަކަށްފަހު، ރިއާގެ ކުށެއް ނެތްކަން އެންމެންނަށް ފެނިގެންދާނެ ކަމެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ސުޝާންތުގެ މަރާ ގުޅިގެން މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެގެން، ރިއާގެ ކޮއްކޮއާއި ސުޝާންތުގެ ގޭގަ މެނޭޖަރުގެ އިތުރުން އެހެން ބަޔަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމެވެ. އަދި އެ މައްސަލައިގައި ރިއާއާ ސުވާލު ކުރުންވެސް ކުރިއަށް އެބައޮތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!