ޓީވީގައި އެންމެ ހިތް އެދޭ އަންހެނުންގެ ލިސްޓުގެ ކުރީގައި ހިނާ ޙާން

އިންޑިއާ ޓީވީ އިން އެންމެ ހިތްއެދޭ އަންހެނާގެ މަގާމު ހިނާ ޙާން ހޯދައިފިއެވެ.

ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭން އިން މަޝްހޫރުވެގެން ދިޔަ ހިނާ ވަނީކަތްރޯން ކީ ކިލާޑީ، ބިގް ބޮސް އާއި ކަސައުޓީ ޒިންދަގީކޭ 2 ވަނަ ބައިން ވެސް ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ހިނާ ވަނީ ނާގިން 5 ގައި ވެސް ދާދި ފަހުން ރޯލެއް އަދާކޮށްފއެވެ. ހަމައެހެންމެ ހިނާގެ ފުރަތަމަ ބޮލީވުޑް ފިލްމް “ހެކްޑް” ވެސް ވަނީ މިއަހަރު ރިލީޒްކޮށްފައެވެ.

ޓީވީ ތަރިންގެ ތެރެއިން އެންމެ ހިތް އެދޭ އަންހެނާގެ މަގާމް ހޯދުމާއި ގުޅިގެން ހިނާ ބުނީ އޯޑިއަންސް އާއި އޭނާ އެންމެ ބޮޑަށް ގުޅުވައިދޭ ކަމަށް ބެލެވެނީ އޭނާ ކުޅޭ ކޮންމެ ރޯލެއްވެސް ފުރިހަމައަށް ދައްކުވައިދޭތީ ކަމަށެވެ. ހިނާ ބުނީ އާންމު ގޮތެއްގައި އޭނާ ކުޅެފައިވާ ރޯލު ތަކަކީ އޭނާގެ އަސްލު ދިރިއުޅުމާއި ވަރަށް ތަފާތު ރޯލުތަކެއް ކަމަށެވެ. އެހެން ނަމަވެސް ކޮންމެ ރޯލެއްގައި ވެސް އޭނާގެ އަސްލު ސިފަ ގެނެސްދެވޭތޯ ވަރަށް މަސަތްކަތް ކުރާ ކަމަށް ހިނާ ބުންޏެވެ.

ހިނާ މިމަގާމު ހޯދާފައިވާއިރު މިމަގާމަށް ޖެނިފާ ވިންގެޓް، ނިއާ ޝަރްމާ އަދި އެރިކާ ފެނަންޑަސް ވެސް ވަނީ ވާދަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!