ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ހަމަލައަށް ބިނާކޮށް ނެޓްފްލިކްސްގެ ފިލްމެއް!

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިންޑިޔާއިން ރާއްޖެއަށް އެހީވާން ހިންގި “އޮޕަރޭޝަން ކެކްޓަސް” އަށް ބިނާކޮށް ނެޓްފްލިކްސްއިން ފިލްމެއް ހަދަން ނިންމައިފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ލީޑުން ފެނިގެންދާނީ، ބޮލީވުޑްގެ މަޝްހޫރު އަދި ކުޅަދާނަ އެކްޓަރު، ޝާހިދު ކަޕޫރުއެވެ. އޭނާ ފެނިގެން ދަނީ އޮޕަރޭޝަން ކެކްޓަސްގެ އިސްކޮށް ހުރި އެއް ކޮމާންޑަރު ކަމަށްވާ ބްރިގޭޑިއާ ފާރޫގް ބަލްސާރާގެ ރޯލުންނެވެ.

ޝާހިދު ކަޕޫރު ސޮއިކޮށްފައިވާ މި އެކްޝަން ތުރިލާއަކީ ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި ނެޓްފްލިކްސް އިން ހަދާ ފިލްމެކެވެ. މިއީ ބޮޑު ބަޖެޓެއްގައި ތައްޔާރުކުރާ ފިލްމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގެ ޑިރެކްޓަރަކީ “ރަންގޫން”، “ކަމީނޭ” އަދި “ހައިދަރު” ފަދަ ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި އަދިއްތިޔަ ނިންބާލްކަރެވެ.

ފިލްމުގެ ނަން މިހާތަނަށް ނިންމާފައި ނުވިނަމަވެސް މިފިލްމުގެ ސްކްރީންޕްލޭވެސް ވަނީ މުޅިން ނިންމައިފަ އެވެ. ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، ޝާހިދު ކަޕޫރު މިހާރު ހަރަކާތްތެރިވަމުންދާ ފިލްމު “ޖާޒީ”ގެ މަސައްކަތްތައް ނިންމާލުމަށްފަހުގައެވެ. އެހެންކަމުން މަންޒަރުތައް ނަގަން ފެށޭނެކަމަށް ބެލެވެނީ އަންނަ އަހަރުކަމަށް ހަބަރުތައް ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!