ފެސިލިޓީތަކަށް ގެއްލުން ނުދިނުމަށް އެދިއްޖެ

އައިސޮލޭޝަން ފެސިލިޓީޓަކުން މީހުން ދޫކޮށްލާއިރު ބައެއް ފަހަރު އެކި ކަހަލަ ގެއްލުންތައްދީފައި ހުންނަ ކަމަށާއި އެކަމަކު އެގޮތަށް އެކަން ނުކުރުމަށް ޑރ. ނަޒްލާ ރަފީގް އެދިވަޑައިގެންފި އެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފެސިލިޓީތަކަށް ލާ ފަރާތްތަކުން އެ ފެސިލިޓީތަކުން ނުކުމެގެންދާ އިރު، ބެޑްޝީޓް، ބާލީސް އަދި އެހެންކަހަލަ ތަކެއްޗަށް ގެއްލުންދީފައި ހުންނަކަމަށެވެ.

ޑރ. ނަޒްލާ ވަނީ އެގޮތަށް އެކަން ނުކުރުމަށް އެދިފަ އެވެ. އަދި އެގޮތަށް ދޭ ގެއްލުންތަކަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ހިސާބަށް ދާން ބޭނުންނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!