އިތުރު 125 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 125 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 125 މީހުންގެ ތެރެއިން 112 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަގްލަދޭޝްގެ 5 މީހަކާއި، އިންޑިއާގެ 5 މީހަކާއި، ލަންކާގެ 2 މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8486 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5333 މީހުންނަކީ ދިވެހިންނެވެ. އަދި 3163 މީހުންނަކީ ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!