ސިދާތުގެ މި ފޮޓޯފެނި ފޭނުންގެ ތަލިން ކުޅު ހިކިއްޖެ

ސިދާތް މަލޯތުރާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރާ ކޮންމެ ފޮޓޯއަކީވެސް އޭނާގެ ފޭނުންގެ ދުލުން “ވާއޯ” ބޭރުކޮއްލާފަދަ ހިތްގައިމު ފޮޓޯއެކެވެ. ޝޭރުޝާޙުގެ އެކްޓަރު ސިދާތް އޭނާގެ އިންޓަގުރާމުގައި އެންމެ ފަހުން ހިއްސާކުރި ފޮޓޯއަކީ ވަރަށް އާދައިގެ ފޮޓޯއެއް ނަމަވެސް ގިނަބައެއްގެ ހިތް ދަމައިގަތް ޝައުޤުވެރި ފޮޓޯއެކެވެ.

ހެދުނުގެ އުފާވެރިކަމަށް ހުރިހާ ފޮލޯވަރުންނަށް މަރުޙަބާ ކިޔަމުން ހިއްސާކޮއްފައިވާ މި ފޮޓޯ އޭނާ ނަގާފައިވަނީ އޭނަގެ ގޭ ބެލްކަނީގައެވެ. ހާވާލާފައިހުރި އިސްތަށިގަނޑާއި މޫނުމަތީގައި ހުރި އަސަރުތަކުން ސިދާތް ދައްކުވައިދެނީ ހެދުނުގެ ތާޒާކަމާއި ހިތްހަމަޖެހުމެވެ. އެ ފޮޓޯ އިތުރަށް ފުރިހަމަ ކޮއްދީފައިވަނީ އޭނާގެ ކުއްތާ އެވެ. ނިދާފާއޮތް ކުއްތާއާއި އެކު ސިދުޙާދު ނަގާފައިވާ މިފޮޓޯއަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކޮށް ސިދާތްގެ އެފަދަ ފެނިލުމެއް ހިއްސާކުރީތީ ޝުކުރު އަދާކުރަމުންނެވެ.

ލޮކްޑައުންގެ ސަބަބުން މަސައްކަތާއިދުރުގައި މިހާރު ވަގުތުތަށް ހެދަކުރަމުންދާ ސިދާތް ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު ޝޭރުޝާހުންނެވެ. ސިދާތްއާއި އެކު ކިއާރާ ފެނިގެންދާ މިފިލްމު މީގެކުރިން މިއަހަރުގެ ފަހުކޮޅުގައި ރިލީޒްކުރުމަށް ނިންމާފައި އޮތްނަމަވެސް ކޮވިޑް 19ގެ ސަބަބުން ތިއޭޓަރުތަށް ބަންދުވުމާއި ގުޅިގެން އެ ފިލްމު ރިލީސްކުރުންވަނީ ފަސްކުރެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!