ފިތުނަ އުފައްދާ މީޑިޔާތައް އަޑު ނޭހުމަށް ނަޝީދު ގޮވާލައިފި

ފިތުނަ އުފައްދާ މީޑިޔާތަކުން ދައްކާ ވާހަކަތައް ގަބޫލުނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު މިކަމަށް ގޮވާލެއްވީ “ޗެނަލް 13” ގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވޭ ގޮތެއް ނޫންކަމަށާއި އެހެންނަމަވެސް އެއްވެސް މީޑިއާއަކުން ރުޅިވެރިކަމާއި ހަސަދަ އާއި ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ އެކަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

“އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވޭ ގޮތެއް ނޫން. އެހެންނަމަވެސް އެއްވެސް މީޑިއާއަކުން ރުޅިވެރިކަމާއި ހަސަދަ އާއި ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ އަޅުގަނޑުމެން އެކަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުގެ އިލްތިމާސްއަކީ އެފަދަ މީޑިއާ ތަށް އަޑުނެއެއްސެވުން. ގަބޫލް ނުކުރެއްވުން.”

ރައީސްގެ ހަށިކޮޅުގައި ރޯކުރަން ގޮވާލި މައްސަލަ ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!