އައި.ޖީ.އެމް.އެޗަށް 13 ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުން ހޯދަނީ

ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ 13 ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހޯދުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން އިޢުލާންކޮށްފިއެވެ.

އައި.ޖީ.އެމް.އެޗުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުމަށް ހޯދާ މި 13 ލެބޯޓްރީ ޓެކްނޮލޮޖިސްޓުން މަސައްކަތް ކުރަންޖެހޭނީ ދުވާލަކު 6 ގަޑިއިރު ހަފްތާއެކު 5 ދުވަހު ދަންފަޅި އުޞޫލުންކަމަށެވެ. އަދި މުސާރައިގެ ގޮތުގައި މަހަކު 5610 ރުފިޔާ ދޭނެކަމަށާއި، ސަރވިސް އެލަވެންސްގެ ގޮތުގައި 2500 ރުފިޔާ އަދި ރިސްކް އެލަރވެންސްގެ ގޮތުގައި މަސައްކަތަށް ހާޟިރުވާ ދުވަހަކަށް 100 ރުފިޔާ ކޮންމެ މަހަކު ލިބޭނެކަމަށެވެ.

މި މަގާމުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އޯޕީޑީއާއި އައިޕީޑީއަށް އަންނަ ބަލިމީހުންގެ ސާމްޕަލްތަކާއި، ހެލްތު މިނިސްޓްރީއާއި ޕަބްލިކް ހެލްތު މެދުވެރިވެގެން އަންނަ ސާމްޕަލްތައް ބަލައިގަތުމާއި އައިޑެންޓިފިކޭޝަންތައް ޗެކްކުރުން ހިމެނެއެވެ.

މި މަގާމުގެ ޝަރުތަކީ މެޑިކަލް ލެބޯރެޓަރީ ނުވަތަ މެޑިކަލް ސައިންސްގެ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ލިޔުންތަކާއެކު މެއިލް ކުރުމަށް ވަނީ އެދިފައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!