ޔުނިވާސަލްގެ ފަރާތުން 10000 ޓެސްޓު ކިޓް ހަދިޔާކޮށްފި

ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ކޯވިޑް-19ގެ 10000 ޓެސްޓް ކިޓް ސަރުކާރަށް ހަދިޔާކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ޙަވާލުވެވަޑައިގަތީ ހެލްތު މިނިސްޓްރީ ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. މިއީ، ކޯވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ހަދިޔާކުރި ޓެސްޓްކިޓްތަކެއްކަމަށް ޔުނިވަރސަލްއިން ބުނެއެވެ.

އެއާއެކު އެކުންފުނިން ރާއްޖެއަށް ހަދިޔާކުރި ޓެސްޓް ކިޓްގެ އަދަދު ވަނީ 30،000 އަށް އަރާފަ އެވެ.  މީގެ ކުރިން ވެސް ރާއްޖޭގެ އެކި ކުންފުނިތަކުގެ އިތުރުން ބައެއް ގައުމުތަކުން ވެސް ރާއްޖެއަށް ޓެސްޓް ކިޓް ހަދިޔާކޮށްފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!