ނ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި

ނ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހު 16:00 ން ފެށިގެން 20:00 އަށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!