އިރު އޮންލައިން އެޕް ޑައުންލޯޑް ކޮށްގެން 55އިންޗި ޓީވީގެ ނަސީބުވެރިޔާ ހޮވައިފި!

އިރު އޮންލައިންގެ ފަރާތުން މިދިޔަ ޖޫން މަހު ހުޅުވާލި، އިރު އޮންލައިންގެ އެޕް ޑައުންލޯޑް ކޮށްގެން “55 ގެ ބޮޑު ސްމާރޓް 4ކޭ ޓީވީ އެއް ހޯދުމުގެ ފުރުސަތުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

ލަކީ ޑްރޯ ނަގާފައި ވަނީ ބައިވެރިވި އެންމެންގެ މެދުގައި ގުރުވަތު ލައިގެން

1 ޖޫން 2020 އިން ފެށިގެން 3 މަސް ދުވަހަށް ހުޅުވާލި މި ފުރުސަތުގައި ނަސީބުވެރިޔަކަށް ހޮވިފައިވަނީ އަލީ ޝާހީންއެވެ. ގުރުވަތުން ހޮވިގެން އަލީ ޝާހީންއަށް ވަނީ ހައިސެންސްގެ 55 އިންޗީގެ 4ކޭ ސްމާޓް ޓީވީއެއް ލިބިވަޑައިގެންފައެވެ.

އިރު އޮންލައިން އެޕްލިކޭޝަން އަކީ ނޫސް އަވަހަށް ކިޔާލުމަށް ބޭނުންވާ ފަރާތްތަކަށް މުހިންމު ވަސީލަތެކެވެ. އިންޓަރނެޓް ލަސްވިޔަސް ލިޔުންތައް އަވަހަށް ބަލާލެވޭނެއެވެ. މި އެޕް ހަދާފައިވަނީ ކިޔުންތެރިންގެ ޕްރައިވަސީ އާއި ރައްކާތެރިކަމަށް ދޭންޖެހޭ އެންމެ ބޮޑު އަހަންމިއްޔަތެއް ދީގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!