ދަރިވަރުން އެދުނު ގޮތަށް މިމަހު 10 ގައި ބާއްވަން ހަމަޖެއްސި މެލޭޝިއާ ދަތުރު ފަސްކޮށްފި

މި މަހުގެ 10 ވަނަ ދުވަހު މެލޭޝިޔާއަށް ބާއްވަން ހަމަޖެއްސި ހާއްސަ ފްލައިޓް މި މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

ރާއްޖޭގައި މިވަގުތު ތިބި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން އަނބުރާ އެގައުމަށް ގެންދިއުމަށް މޯލްޑިވިއަންއިން ބާއްވާ ޗާޓާޑް ފްލައިޓުގެ ދެ ވަނަ ފްލައިޓު ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މިދިޔަ މަހުގެ ތެރޭގައި ވަނީ ދިވެހި ދަރިވަރުން ގެންދިއުމަށް އޭސް ޓްރެވަލްސް އާއި މޯލްޑިވިއަން ގުޅިގެން މެލޭޝިއާއަށް ފްލައިޓެއް ބާއްވާފައި އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ، ދަރިވަރުން އެދުނު ގޮތަށް މިހާރު ފްލައިޓް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ފްލައިޓް ބާއްވާނީ މި މަހުގެ 20 ގައި ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މި ފްލައިޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 385 ޑޮލަރެވެ. މެލޭޝިއާ އަށް ދާ މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ މީހުން، ކަރަންޓީނުގެ ހަރަދު ކުރަންޖެހޭނީ އަމިއްލަ އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!